Jumhooree Party

ދިވެހިރާއްޖޭގެ 52 ވަނަ ޖުމްހޫރީ ދުވަހު ތަހުނިޔާއާއި މުބާރިކުބާދީ އަޅުގަނޑާއި ޕާޓީކައުންސިލް މެންބަރުންނާއި އެންމެހާ އާންމު މެންބަރުންގެ ނަމުގައި އެންމެހާ ލޮބުވެތި ދިވެހި ރައްޔތުންނަށް އަރިސް ކުރަމެވެ. ދުޢާއަކީ އޮނަވިހި ސަތޭކަ އަށުހައްޓި ވަނަ އަހަރުގެ އެގާރަ ވަނަ ދުވަހުން ފެށިގެން މިލޮބުވެތި ޤައުމު ކުރަމުންމިދާ ޖުމްހޫރީ ދަތުރުގައި މިދިވެހި ވަޠަން އެއްބައިވަންތަކަމާއި، އާރޯކަންމަތީ އަބަދުމެ ލެހެއްޓެވުމެވެ. މިޤައުމަކީ ހުރިހާ މާނައެއްގައިވެސް ރައްޔިތުންގެ ޙައްޤުތަކާއި، ބޭނުންތައް ކަށަވަރުވެފައިވާ އަމާން ފުދުންތެރި، ރައްޔިތަކު ދިރިއުޅޭ، ފުރިހަމަ ޖުމްހޫރީ ވެރިކަމެއްކުރާ ޤައުމަކަށްވުމެވެ. މާތް ﷲ މިދިވެހި ވަޠަން އިސްލާމީ ފުރިހަމަ މުސްލިމް ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ ތާއަބަދުމެ ލަހައްޓަވާށި! އާމީން

ގެލެރީ

އަންހެނުންގެ ލީގު

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގަކީ ޕާޓީގެ ހުރިހާ އަންހެން މެންބަރުންގެ މައްޗަށް ނިސްބަތްވެގެންވާ ލީގެކެވެ. އަންހެނުންގެ ލީގުން ޕާޓީގެ އެންމެހާ އަންހެން މެންބަރުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އަންހެނުންގެ ލީގުގެ މަސްޢޫލިއްޔަތެކެވެ.

ޒުވާނުންގެ ލީގު

ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމު ކުރެވޭ ޕާޓީގެ ކޮންމެގޮތްޕެއްގައި ޒުވާނުންގެ ލީގު ތަމްޞީލްކުރާނެ މެންބަރަކު އިންތިޚާބު ކުރެވޭނެއެވެ. ޒުވާނުންގެ ލީގުގެ ރައީސަކީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިން އިންތިޚާބުކުރާ ފަރާތެކެވެ.

ޖޭޕީ ޓްވީޓްސް