ނަންބަރު: 07/JP-IL/2020/01
12 ފެބްރުއަރީ 2020ގައި ބާއްވަން ހަމަޖެހިފައިވާ މިޕާޓީގެ ޕްރައިމަރީގައި ވޯޓުދެވޭނީ، 30 ޖަނަވަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް މިޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށް ކަމުގައި، މިޕާޓީގެ ކައުންސިލްގެ 138 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.
އެހެންކަމުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރަން އެދޭ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއެއް ބާއްވަން ޖެހޭ ތަންތަނުގައި ޕްރައިމަރީގައި ވޯޓު ދެވޭނީ 30 ޖަނަވަރީ 2020 ނިޔަލަށް މިޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.
މާލޭގައި ދިރިއުޅޭ އެކިރައްރަށުގެ ފަރާތްތަކަށްވެސް ޕްރައިމަރީގައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ވާހަކަ ދެންނެވީމެވެ.
02 ޖުމާދަލްއާޚިރާ 1441
27 ޖަނަވަރީ 2020