ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގަކީ ޕާޓީގެ ހުރިހާ އަންހެން މެންބަރުންގެ މައްޗަށް ނިސްބަތްވެގެންވާ ލީގެކެވެ. އަންހެނުންގެ ލީގުން ޕާޓީގެ އެންމެހާ އަންހެން މެންބަރުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އަންހެނުންގެ ލީގުގެ މަސްޢޫލިއްޔަތެކެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމު ކުރެވޭ ޕާޓީގެ ކޮންމެގޮތްޕެއްގައި ޒުވާނުންގެ ލީގު ތަމްޞީލްކުރާނެ މެންބަރަކު އިންތިޚާބު ކުރެވޭނެއެވެ. ޒުވާނުންގެ ލީގުގެ ރައީސަކީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިން އިންތިޚާބުކުރާ ފަރާތެކެވެ.