Jumhooree Party

ޤާސިމް އިބްރާހީމް ނަޞްރުގެ ދުވަހުގެ ތަހްނިޔާ އަރިސްކުރައްވައިފި

ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަރިސްކުރައްވައިފިއެވެ. ”3 ނޮވެމްބަރު 1988 ގެ ނަޞްރުގެމަތިން ހަނދުމަކޮށް ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަމެވެ. ދުވަހުގެ ޝަހީދުންނަށް ކީރިތި ﷲ، ހެޔޮ ޖަޒާ މިންވަރުކުރައްވަވާށި! ދިވެހި ބިން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން.“ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންނަށް ނަޞްރު ލިބުނު އެންމެ ބޮޑު […]

އިސްލާމް ދީން ޤަބޫލު ނުކުރާ މީހުން ރާއްޖެ ދޫކޮށް ގޮސް ކުރާ ކަމެއް ކުރުމަށް ޤާސިމް އިބްރާހީމް ގޮވާލައްވައިފި

އިސްލާމް ދީން ޤަބޫލު ނުކުރާ މީހުން ރާއްޖެ ދޫކޮށް ގޮސް އެމީހަކު ކުރާ ކަމެއް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ. ޖުމްހޫރީ ޕާޓީއާއި އިތުރު މެންބަރުން ގުޅުމަށް ޖޭޕީގެ މައި މަރުކަޒު، މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮންނަތާ 900 އަހަރު ފުރެން ކައިރިވެފައިވާއިރު އެކަން އެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތް […]

އަނިޔާ ލިބުނަސް ރައްޔިތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގަ ސާބިތުކަމާއިއެކު ދެމިހުންނާނަން!: ޤާސިމް އިބްރާހީމް

2008 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރި ސަރުކާރުތައް ވެރިކަމަށް އައިސްފައިވަނީ އެމަނިކުފާނުގެ ވެސް ބައިވެވަޑައިގަތުން އޮވެގެން ކަމަށާއި ނަމަވެސް މިހައިތަނަށް ވެރިކަން ކުރި ސަރުކާރުތަކުން އެމަނިކުފާނަށް ނުކުރާ ޖެއްސުމެއް، ނުދޭ ގެއްލުމެއް އަދި ނުކުރާ އަނިޔާއެއްވެސް ނެތް ކަމަށާއި އެހެންކަމުން ކިތަންމެ ވަރަކަށް އަނިޔާ އާއި ގެއްލުން ލިބިވަޑައިގެންނެވި ނަމަވެސް ރައްޔިތުގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސާބިތުކަމާއިއެކު ދެމިހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން […]

ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ޖުމްހޫރީ ޕާޓީގެ ގޮފިތައް އަލުން އެކުލަވާލައި، ރާއްޖޭގެ ކޮންމެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހެދުމަށް ފަށާފައިވާ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. މިމަސައްކަތް ކުރިއަށްދަނީ ޕާޓީގެ ކައުންސިލުން އުފައްދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. ޖުމްހޫރީ ޕާޓީއަށް މެންބަރުން ގުޅިވަޑައިގަތުމަށް ބާއްވާ ޚާއްޞަ އިވެންޓެއް ކޮންމެ ހަފުތާއަކު ޕާޓީގެ ހެޑްކުއާޓަރ މ.ކުނޫޒުގައި ދަނީ ބާއްވަމުންނެވެ. މިއިވެންޓްގައި ޕާޓިއަށް ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޕާޓީއާއި ގުޅިވަޑައިގަތުމުގެ ފުރުޞަތު އޮންނާނެކަމަށާއި، އެފަދަ ފަރާތްތައް ޕާޓީއާއި ގުޅުމަށް ވަޑައިގަތުމަށް ޖުމްހޫރީ […]