Jumhooree Party

ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖޭޕީގެ އަސާސީ ގަވާއިދުގައި ވާގޮތުން މަތީން ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެންނެވެ. ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުންގެ ތެރެއިން ޤާނޫނުއަސާސީގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ […]