Jumhooree Party

ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުން އައްޔަނުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރެއްވިކަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައި ޢިއުލާން ކުރެއްވީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމެވެ. ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި އިއްޔެ ހަމަޖެއްސެވީ ކުރިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެއީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު […]