2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ރަށު ކައުންސިލަރ، ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ސިޓީ ކައުންސިލަރ، ސިޓީ ކައުންސިލްގެ މޭޔަރ، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ
ރައީސް ހޮވުމުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު 6 ޖަނަވަރީ 2010 އިން ފެށިގެން ޖޭޕީއިން ވަނީ ހުޅުވާލާފައެވެ. ޖޭޕީގެ ޓިކެޓް ހޯދުމަށް ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތި ލައްވަން ބޭނުންފުޅުވާ ދާއިރާއަށް ކުރިމަތި ލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއިއެކު:
1. ހާޑް ކޮޕީ : ފޯމު ހުށަހަޅަންވާނީ ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރޒް، މ. ކުނޫޒް ފަނޑިޔާރުމަގު މާލެއަށެވެ.
2. ސޮފްޓް ކޮޕީ : އޮންލައިން އެޕްލިކޭޝަންތައް ޕީޑީއެފް ފޯމެޓްގައި ފޮނުވާނީ :
LCE2020@jumhooreeparty.org.mv
ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 5 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 20:20 އެވެ. އަދި ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2020 ގައި ކަމަށްވެސް އިޢުލާންކޮށް އަންގަމެވެ.
އިލެކްޝަންސް ކޮމިޝަން އިން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ކަމަށް އިޢުލާންކޮ
ށްފައިވާ ތާރީޚަކީ 4 އޭޕްރީލް 2020 އެވެ.
ހޮޓްލައިން | އަތޮޅު |
7264093 | ހއ، ހދ، ކ، އއ، އދ، ފ |
7264094 | ށ، ނ، ޅ، ވ |
7264095 | ރ، މ، ތ، ލ، ގއ، ގދ |
7264096 | ބ، ދ |
7264091 | ޏ، ސ |
7776119 | މާލެ، ހުޅުމާލެ، ވިލިމާލެ |
އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް
ކުރިމަތިލުމަށްއެދޭ ފަރާތައް ތާއީދު އޮތްކަން އަންގައިދޭ ލިސްޓް