ނަންބަރު :023JP-IL/2018/10/
އިޢުލާން
ޖުމްހޫރީ ޕާޓީގެ އިދާރީ މަޤާމްއަށް ކުރިމަތިލުމަށް ހުޅުވާލުން.
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމް: އެޑްމިނިސްޓްރޭޓަރ
މަސައްކަތް ކުރާނެ ސެކްޝަން: އެޑްމިން
ތަޢްލީމާއި ތަޖްރިބާ: ޖީސީ އޯލެވަލް ނުވަތަ އޭލެވަލްގެ އިނގިރޭސިއާއި، ދިވެހިން ފާސް ވެފައިވުން. ފަސޭހަ ކަމާއެކު ދިވެހި ބަހުންނާއި އިގިރޭސި ބަހުން ވާހަކަ ދައްކަން އެނގުމާއި، އިނގިރޭސިބަހާއި އާއި ދިވެހި ބަހުން ލިޔެފައިވާ ލިޔުން ތަރުޖަމާ ކުރަން އެގުން. އަދި އެޑްވާންސް ކޮމްޕިއުޓަރ ޓްރޭނިންގ ހަދާފައިވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރުދެއްކަމުގައިވުން.
އިންޓަރވިއުގައި ދެފަރާތުން ވާހަކަ ދައްކައިގެން މަސައްކަތަށް، އެކަށީގެންވާ މުސާރައެއް ހަމަޖައްސައި ދެވޭނެއެވެ.
މިމަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ވަނަވަރާއެކު ޕާސްޕޯޓްގެ ސައިޒުގެ ފޮޓޯއާއިއެކު 23 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 15:00 ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަކެތި ފުރިހަމަ ކުރައްވައިގެން އެތަކެއްޗާއެކު ސިޓީ ފޮނުއްވާނީ މިޕާޓީގެ ހެޑްކުއަރޓަރޒް (މ.ކުނޫޒް) އަށް، ނުވަތަ admin@jumhooreeparty.org.mv އީމެއިލް ކުރެއްވުންވެސް އެންމެ ރަގަޅު ކަމުގައި ދަންނަވަމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ދަންނަވަމެވެ.
16 އޮކްޓޯބަރ 2018