Jumhooree Party

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުން

ނަންބަރު :024JP-IL/2018/10/

 

އިޢުލާން

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުން

ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިން އިންތިހާބު ކުރަންޖެހޭ ޕާޓީގެ ލީޑަރުގެ މަޤާމަށް އެއްވެސް ވަރާތަކުން ކުރިމަތިލައްވާފައި ނެތުމުގެ ސަބަބުން އެ ކޮންފަރެންސްގައި ޕާޓިގެ ލީޑަރު ކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ނުކުރެވިވާތީވެ، ޖުމްހޫރީޕާޓީގެ އަސާސީ ޤަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ދަށުން ޕާޓީގެ ލީޑަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުމްހުރީ ޕާޓީގެ މެންބަރުންނަށް އާންމުކޮށް ހުޅުވާލައި އިޢުލާންކުރަމެވެ.

 

ވީމާ، މަޤާމަށް ޝައުގުވެރި ވެވަޑައިގަންނަވާ މިޕާޓީގެ މެންބަރުން 27 އޮކްޓޯބަރ 2018 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެކުރިން އެމީހެއްގެ ވަނަވަރާއި (ސީވީ)  އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް (ވޯޓު ކަރުދާހުގައި ޖެހުމަށްޓަކައި) މޯބައިލް ނަންބަރު 7799335 އަށް ވަޓްސްއަޕް، ކޮށް ދެއްވުންއެދެމެވެ. ސިޓީ ލައްވާއިރު ތަކެތި ފުރިހަމަ ކުރައްވައިގެން އެތަކެއްޗާއެކު ސިޓީ ލައްވާނީ މިޕާޓީގެ ހެޑްކުއަރޓަރޒް (މ.ކުނޫޒް) އަށް ނުވަތަ admin@jumhooreeparty.org.mv އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ، އެކަންވެސް އެމުއްދަތުގެ ތެރޭގައި ޕާޓީ އޮފީހަށް އެންގެވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޕާޓީ އޮފީހުގެ ނަންބަރު 3014999 ނަންބަރު ފޯނަށް ގުޅުއްވުމަށް ވެސް ދަންނަވަމެވެ.

 

22 އޮކްޓޯބަރ 2018

ހިއްސާ ކުރައްވާ