މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ޖޭޕީގެ ލީޑަރު ތަޢުޒިޔާ ވިދާޅުވެއްޖެ
މ. ނިރުފެހި ގޭގައި (ސެންޑްރޯސްގެ ހުޅަނގުބައިގައި) ހިންގާ ގަރާޖެއްގައި ރޭ 12:27 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެ ޢާއިލާތަކުގެ ހިތާމާގައި ބައިވެރިވެ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރޭ މާލޭގެ ވެހިކަލްގަރާޖްއެއްގައި ރޯވެ އެތައް ބިދޭސީންގެ ފުރާނަގެއްލިދިޔަ އަލިފާނުގެ ހާދިސާ ގެ ޚަބަރު އެހީ ފުންހިތާމައާއި އެކުގައި ކަމަށެވެ. ”މި ނުރައްކާތެރި ހާދިސާގައި […]
ޤާސިމް އިބްރާހީމް ނަޞްރުގެ ދުވަހުގެ ތަހްނިޔާ އަރިސްކުރައްވައިފި
ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަރިސްކުރައްވައިފިއެވެ. “3 ނޮވެމްބަރު 1988 ގެ ނަޞްރުގެމަތިން ހަނދުމަކޮށް ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަމެވެ. ދުވަހުގެ ޝަހީދުންނަށް ކީރިތި ﷲ، ހެޔޮ ޖަޒާ މިންވަރުކުރައްވަވާށި! ދިވެހި ބިން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން.” ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންނަށް ނަޞްރު ލިބުނު އެންމެ ބޮޑު […]
އިސްލާމް ދީން ޤަބޫލު ނުކުރާ މީހުން ރާއްޖެ ދޫކޮށް ގޮސް ކުރާ ކަމެއް ކުރުމަށް ޤާސިމް އިބްރާހީމް ގޮވާލައްވައިފި
އިސްލާމް ދީން ޤަބޫލު ނުކުރާ މީހުން ރާއްޖެ ދޫކޮށް ގޮސް އެމީހަކު ކުރާ ކަމެއް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ. ޖުމްހޫރީ ޕާޓީއާއި އިތުރު މެންބަރުން ގުޅުމަށް ޖޭޕީގެ މައި މަރުކަޒު، މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮންނަތާ 900 އަހަރު ފުރެން ކައިރިވެފައިވާއިރު އެކަން އެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތް […]
އަނިޔާ ލިބުނަސް ރައްޔިތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގަ ސާބިތުކަމާއިއެކު ދެމިހުންނާނަން!: ޤާސިމް އިބްރާހީމް
2008 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރި ސަރުކާރުތައް ވެރިކަމަށް އައިސްފައިވަނީ އެމަނިކުފާނުގެ ވެސް ބައިވެވަޑައިގަތުން އޮވެގެން ކަމަށާއި ނަމަވެސް މިހައިތަނަށް ވެރިކަން ކުރި ސަރުކާރުތަކުން އެމަނިކުފާނަށް ނުކުރާ ޖެއްސުމެއް، ނުދޭ ގެއްލުމެއް އަދި ނުކުރާ އަނިޔާއެއްވެސް ނެތް ކަމަށާއި އެހެންކަމުން ކިތަންމެ ވަރަކަށް އަނިޔާ އާއި ގެއްލުން ލިބިވަޑައިގެންނެވި ނަމަވެސް ރައްޔިތުގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސާބިތުކަމާއިއެކު ދެމިހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން […]
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
ޖުމްހޫރީ ޕާޓީގެ ގޮފިތައް އަލުން އެކުލަވާލައި، ރާއްޖޭގެ ކޮންމެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހެދުމަށް ފަށާފައިވާ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. މިމަސައްކަތް ކުރިއަށްދަނީ ޕާޓީގެ ކައުންސިލުން އުފައްދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. ޖުމްހޫރީ ޕާޓީއަށް މެންބަރުން ގުޅިވަޑައިގަތުމަށް ބާއްވާ ޚާއްޞަ އިވެންޓެއް ކޮންމެ ހަފުތާއަކު ޕާޓީގެ ހެޑްކުއާޓަރ މ.ކުނޫޒުގައި ދަނީ ބާއްވަމުންނެވެ. މިއިވެންޓްގައި ޕާޓިއަށް ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޕާޓީއާއި ގުޅިވަޑައިގަތުމުގެ ފުރުޞަތު އޮންނާނެކަމަށާއި، އެފަދަ ފަރާތްތައް ޕާޓީއާއި ގުޅުމަށް ވަޑައިގަތުމަށް ޖުމްހޫރީ […]
ޖުމްހޫރީ ޕާޓީ ބޮޑުވަނީ ޗެކް އެންޑް ބެލެންސާއި ބެލެންސް އޮފް ޕަވަރއަށް ފާރަވެރިވަމުން: ޖޭޕީ
ދިވެހީންނަށް ލިބިފައިވާ އިސްލާމީ ހިދާޔަތަށް ހިޔަނިއަޅަން މަސައްކަތްކުރި ޖަމިއްޔާ އުވައިލުމަކީ ޖުމްހޫރީ ޕާޓީން މިއަދުގެ ސަރުކާރަށް އިޚްލާސްތެރި ކަމާއެކު ފަށްފަށުން ޝުކުރު އަދާކުރާ ކަމެއް ކަމަށް ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޕާޓީއާއި އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ޝަރަފްގައި އަންގާރަ ދުވަހުގެ ރޭ ރިޕަބްލިކަން ޕާޓީގެ ހެޑްކުއާރޓަރުގައި ބޭއްވި ޙަފްލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވީ އެ ޕާރޓީއަކީ ދީނާއި ޤައުމިއްޔަތާއި ރައްޔިތުންނަށް އިސްކަންދޭ ޕާޓީއެއް ކަމަށެވެ. އަދި ޒަމާނެއްގައި ދިވެހިރާއްޖޭގައި އެގޮތް މިގޮތަށް […]
ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނީ ޓެކްސް ނިޒާމުގަ ގިނަބަޔަކު ބައިވެރިކޮށްގެން ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ
މި ދިވެހި ގައުމު ކުރިއަށް ގެންދިއުމުގަ ކަންތައްތަކެއް ކުރަންޖެހޭކަން އެންމެނަށްވެސް އެނގޭ ކަމަށާއި، ކޮންމެ ބަޔަކުވެސް ބުނަނީ ސަރުކާރުން އެވެނިކަމެއް މިވެނިކަމެއް ކޮށެއް ނުދޭ ކަމަށާއި، އެހެންނަމަވެސް ފައިސާނެތި ސަރުކާރުން ކަންތައްތައް ކޮށްދޭނީ ކިހިނެއްތޯ، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ސުވާލު ކުރައްވައިފިއެވެ. ގާސިމް އިބްރާހިމް މި ސުވާލު ކުރެއްވީ “ގައުމީ ވިންދު – ޖުމްހޫރީ ވިންދު” މި ނަމުގައި ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ޕާޓީއަށް އަލަށް ގުޅުނު މެމްބަރުން […]
އިސްލާމްދީން ހިމާޔަތްކުރުންމަތީ ދެމިތިބުމަށް ގާސިމް އިބްރާހިމް ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވައިފި
މި ދިވެހި ގައުމުގެ ވިންދު، ގައުމުގެ ފުރާނަ ކަމުގައިވާ އިސްލާމްދީން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ އެންމެން ގުޅިގެން މަސައްކަތް ކުރުންމަތީ ދެމިތިބުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ. ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ، މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު، މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ، މިފަދަ ދުވަހެއްގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް […]
ސިޔާސީގޮތުން މާޔޫސްކަމެއްގެ ތެރެއަށް ޤާސިމް އެއްވެސް ބޭފުޅަކު ދޫކޮށްލައްވާފައެއް ނެތް – އެސްޖީ ޢަލީ ޢާރިފް
ޖުމްހޫރީ ޕާޓީ ބޮޑުވެ ފުޅާވަމުންދާ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނުގެ އޯގާތެރި ސިފަފުޅާއި އެކު ސިޔާސީ ގޮތުން އެއްވެސް މީހަކު މާޔޫސްވިޔަ ނުދެއްވާ ބޭފުޅެއްގެ ގޮތުގައި ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް ސާބިތު ކަމާއެކު ދެމިހުންނެވުމުން ކަމަށް އެޕާޓީން ބުނެފިއެވެ. ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު، ޢަލީ ޢާރިފް ވިދާޅުވީ އެބޭފުޅުންގެ ސިޔާސީ ޙަޔާތް މާޔޫސްވިޔަ ނުދެއްވައި ބަލައިގަތް ބޭފުޅަކީވެސް ޤާސިމް ކަމަށެވެ. […]
ސަރުކާރުގެ އާސަންދަ އައީ ގާސިމްގެ ޖީބުފުޅުން އެމަސައްކަތް ފެއްޓެވިތާ އެތައް ޒަމާނެއްފަހުން – ޖޭޕީ
ޤާސިމް ހޯއްދަވައިދެއްވި އާސަންދަ ޤާނޫނަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކުރީގެ ސަރުކާރަށް ލާޒިމް ކުރިއިރު ޤާސިމް އަމިއްލަފުޅަށް ދެއްވި އާސަންދައަކީ އަމިއްލަފުޅު ޖީބުން ދެއްވި އެއްޗެއް ކަމަށް ޖުމްހޫރީ ޕާރޓީގެ ނައިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ. ސަޢުދު ވިދާޅުވީ ޤާނޫނަކުން ލާޒިމްކޮށްގެން ބޭސްސިޓީއަށް ސަލާން ޖަހަން ފެށުމުގެ މާކުރީން ބޭސްސިޓީއަށް ސަލާން ޖެހުން ކުޑަކުރައްވާފައިވަނީ ޖުމްހޫރީ ޕާރޓީގެ ލީޑަރުގެ އަމިއްލަފުޅު ވެލްފެއަރ ފަންޑަކުން ރައްޔިތުންނަށް ފޯރުކޮށްދެއްވި ބޭސްފަރުވާއިން ކަމަށެވެ. ސަޢުދު މިވާހަކަފުޅު ދައްކަވައިފައިވަނީ ރާއްޖެއިން ލިބެން […]