Jumhooree Party

ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުން އައްޔަނުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރެއްވިކަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައި ޢިއުލާން ކުރެއްވީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމެވެ. ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި އިއްޔެ ހަމަޖެއްސެވީ ކުރިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެއީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު […]

ލީޑަރުގެ ސްޕެޝަލް އެންވޯއީ އެއް ޢައްޔަނުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު މިއަދު އައްޔަންކުރައްވައިފިއެވެ. އިލްހާމް އެމަގާމަށް އައްޔަންކުރެއްވިކަން ޖޭޕީގެ ލީޑަރު ޤާސިމް އިއުލާކުރައްވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އޭނާ އަކީ މީގެ ކުރިން ގެމެނެފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލީސް މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕްރޮގްރެސިވް […]

ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖޭޕީގެ އަސާސީ ގަވާއިދުގައި ވާގޮތުން މަތީން ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެންނެވެ. ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުންގެ ތެރެއިން ޤާނޫނުއަސާސީގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ […]

ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ މަޝްވަރާކުރުމުގެ ބާރު ލީޑަރަށް ދީފި

އަންނަ ރިޔާސީ އިންތިޚާބުގައި އިސްވެ ޖޭޕީން އެހެން ރިޔާސީ ކެންޑިޑޭޓަކާއި ކޯލިޝަން ހަދަންޖެހިއްޖެ ހާލަތެއްގައި އެކަމުގެ މަޝްވަރާ ހިންގުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން މިއަދު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމަށް ދީފިއެވެ. ޖޭޕީގެ ޤައުމީ ކޮންފަރެންސްއަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުން މިއަދު ވަނީ ބާއްފައެވެ. ޖޭޕީގެ މައި މަރުކަޒު، ކުނޫޒުގައި  މެންދުރުފަހު 14:00 ގައި ފެށި މި ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ވަނީ ގަރާރެއް ހުށަހުއްވާފައެވެ. ނާޒިލްގެ ގަރާރަކީ، ޖޭޕީން […]

ސްޕެޝަލް އެޑްވައިޒަރު ކަމަށް ޖިހާދާއިއެކު އެޑްވައިޒަރުކަން 5 ބޭފުޅަކަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އޮންރަބަލް ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު އަދި އެޑްވައިޒަރުންގެ މަގާމަށް 5 ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މި 6 ބޭފުޅުން މި މަގާމަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިންނެވެ. ގާސިމްގެ އެޑްވައިޒަރު ކަމަށް މުޅިން އަލަށް 3 ބޭފުޅަކު ހަމަޖެއްސެވިއިރު އެބޭފުޅުންނަކީ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ […]

ޑެޕިއުޓީ ލީޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިޚާބުވެއްޖެ

ޖުމްހޫރީ ޕާޓީގެ ތާރީޚުގައި ވެސް، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް އިންތިޚާބުކުރި ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފު އެޕާޓީގެ ކައުންސިލް މެމްބަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމުގައި ހުންނެވި އައިޝަތު ނަހުލާ ހޯއްދަވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ […]

ޤައުމީ ކޮންފަރެންސް: ވޯޓަކާއި ނުލައި ހޮވުނު ބޭފުޅުންގެ ނަންތައް އިއުލާންކޮށްފި

ވޯޓަކާއި ނުލައި ޖުމްހޫރީ ޕާޓީގެ މަގާމުތަކަށް ހޮނުވު ބޭފުޅުންގެ ނަންތައް އެޕާޓީގެ އިންތިހާބީ ކޮމިޓީން އިއުލާންކޮށްފިއެވެ. މި ނަންތައް އިއުލާނުކޮށްފައިވަނީ މިހާރު ފެށިގެން ކުރިއަށްގެންދާ އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ ތިން ވަނަ ދަންފަޅީގެ ތެރެއިންނެވެ. އެގޮތުން ޕާޓީގެ ލީޑަރުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހީމް އަދި ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން ނ. ވެލިދޫ، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް. ކ. މާލެ އަދި އަންހެނުންގެ […]

ޤައުމީ ކޮންފަރެންސް ފަށައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޤައުމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ވެރިރަށް މާލޭގެ ދަރުބާރު ގޭގައި ބާއްވާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ފަށާފައި ވަނީ މިއަދު މެންދުރުފަހު 14:45 ހާއިރުއެވެ. މި ރަސްމިއްޔާތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ އާއި، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިޝް މައުމޫނާއި، ބޭރު ބައެއް ޤައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މި […]

ގައުމީ ކޮންފަރެންސް ފެބްރުއަރީ 24-25 ގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް މިމަހުގެ 24-25 ގައި ބާއްވަން އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. ޖޭޕީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީޚް ކަނޑައެޅީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ރިޔާސަތު ބަލަހައްޓަވަމުން ދާ މި ޖަލްސާގައި ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީޚް ކަނޑައެޅީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން މި ކޮންފަރެންސް ބާއްވާނެ ތަނެއްކަމުގައި ދަރުބާރުގެ ވަނީ ކަނޑައަޅާފައެވެ.

ޖޭޕީގެ ލީޑަރު ޤާސިމް، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ ޤާސިމް އިބްރާޙީމް، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ މިއަދު ފޮނުއްވައިފިއެވެ. ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވިތާ 55 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މާމިގިލީ ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި، ލީޑަރު ޤާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، 55 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ދައުލަތުގެ ތިން ބާރުގެ ވެރިންނަށާއި، އެންމެހާ ލޮބުވެތި […]