Jumhooree Party

ޖޭޕީގެ ލީޑަރު ޤާސިމް، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ ޤާސިމް އިބްރާޙީމް، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ މިއަދު ފޮނުއްވައިފިއެވެ.

ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވިތާ 55 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މާމިގިލީ ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި، ލީޑަރު ޤާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، 55 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ދައުލަތުގެ ތިން ބާރުގެ ވެރިންނަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށެވެ.

‘’ކީރިތި ٱللَّٰه ދިވެހި ޤައުމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވައި އެއްބައިވަންތަ ބަޔަކު ކަމުގައި ލައްވާށި!’’ ލީޑަރު ޤާސިމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ 11 ނޮވެމްބަރ 1968 ގައި ރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނު ދުވަހެވެ.

ހިއްސާ ކުރައްވާ