Jumhooree Party

ގައުމީ ކޮންފަރެންސް ފެބްރުއަރީ 24-25 ގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް މިމަހުގެ 24-25 ގައި ބާއްވަން އެ ޕާޓީގެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީޚް ކަނޑައެޅީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ރިޔާސަތު ބަލަހައްޓަވަމުން ދާ މި ޖަލްސާގައި ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީޚް ކަނޑައެޅީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން މި ކޮންފަރެންސް ބާއްވާނެ ތަނެއްކަމުގައި ދަރުބާރުގެ ވަނީ ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ