Jumhooree Party

ޤައުމީ ކޮންފަރެންސް ފަށައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޤައުމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ.

ވެރިރަށް މާލޭގެ ދަރުބާރު ގޭގައި ބާއްވާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ފަށާފައި ވަނީ މިއަދު މެންދުރުފަހު 14:45 ހާއިރުއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ އާއި، މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިޝް މައުމޫނާއި، ބޭރު ބައެއް ޤައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގައި 900 އަށް ވުރެ ގިނަ މަންދޫބުން ބައިވެއެވެ.

މި ކޮންފަރެންސްގެ ފުރަތަމަ ދަންފަޅި ހަވީރު ފަށާއިރު، ޖޭޕީގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އަސާސީ ޤަވާއިދާމެދު ބަހުސްކޮށް، ފާސް ކުރުން އެދަންފަޅީގައި އޮންނާނެއެވެ.

ޖޭޕީގެ އަސާސީޤަވާއިދުގައި ބަޔާންކުރާ މަޤާމްތަކުގެ ތެރެއިން ޤައުމީ ކޮންފަރެންސްގައި އިންތިޚާބުކުރާ މީހުން އިންތިޚާބުކުރުން އޮންނާނީ މިރޭގެ ދަންފަޅީގައެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރުމަށް ގޮވައިލާ ހުށަހެޅިފައިވާ ޤަރާރަށް ބަހުސްކޮށް، ވޯޓަށް އެހުން އޮންނާނީ މެންދުރުފަހު ދަންފަޅީގައެވެ.

ހިއްސާ ކުރައްވާ