Jumhooree Party

ޤައުމީ ކޮންފަރެންސް: ވޯޓަކާއި ނުލައި ހޮވުނު ބޭފުޅުންގެ ނަންތައް އިއުލާންކޮށްފި

ވޯޓަކާއި ނުލައި ޖުމްހޫރީ ޕާޓީގެ މަގާމުތަކަށް ހޮނުވު ބޭފުޅުންގެ ނަންތައް އެޕާޓީގެ އިންތިހާބީ ކޮމިޓީން އިއުލާންކޮށްފިއެވެ.

މި ނަންތައް އިއުލާނުކޮށްފައިވަނީ މިހާރު ފެށިގެން ކުރިއަށްގެންދާ އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ ތިން ވަނަ ދަންފަޅީގެ ތެރެއިންނެވެ.

އެގޮތުން ޕާޓީގެ ލީޑަރުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހީމް އަދި ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން ނ. ވެލިދޫ، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް. ކ. މާލެ އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަޙްމަދު ވަނީ އިންތިހާބުކޮށްފައެވެ.

މި މަގާމުތަކުގެ އިތުރުން މި ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިހާބު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަންކަންވެސް ކުރިޔަށްދާނީ މިއަދުއެވެ.

ހިއްސާ ކުރައްވާ