މ. ނިރުފެހި ގޭގައި (ސެންޑްރޯސްގެ ހުޅަނގުބައިގައި) ހިންގާ ގަރާޖެއްގައި ރޭ 12:27 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެ ޢާއިލާތަކުގެ ހިތާމާގައި ބައިވެރިވެ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރޭ މާލޭގެ ވެހިކަލްގަރާޖްއެއްގައި ރޯވެ އެތައް ބިދޭސީންގެ ފުރާނަގެއްލިދިޔަ އަލިފާނުގެ ހާދިސާ ގެ ޚަބަރު އެހީ ފުންހިތާމައާއި އެކުގައި ކަމަށެވެ.
”މި ނުރައްކާތެރި ހާދިސާގައި ދުނިޔެދޫކުރި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވައި މި ހިތާމައިގައި ބައިވެރިވަމެވެ.” ލީޑަރު ޤާސިމް ވިދާޅުވެފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން ޖޭޕީން ވެސް ވަނީ އެ ޕާޓީގެ ލީޑަރާއި، ލީޑާޝިޕާއި އަދި ޢާންމު މެންބަރުންގެ ނަމުގައި އެ ޢާއިލާތަކަށް ތަޢުޒިޔާ ކިޔާފައެވެ. އަދި މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، މިފަދަ ކަންކަން ނުހިނގާނެފަދައަކުން ހަރުދަނާ ފިޔަވަޅުތައް އަޅައި، ސިޔާސަތުތައް އެ މަގަށް ބައްޓަން ކުރުމަށް ޖޭޕީން ވަނީ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވައިލާފައެވެ.
ރޭ މާލޭގެ ވެެހިކަލްގަރާޖްއެއްގައި ރޯވެ އެތައް ބިދޭސީންގެ ފުރާނަގެއްލިދިޔަ އަލިފާނުގެ ހާދިސާ ގެ ޚަބަރު އެހީ ފުންހިތާމައާއި އެކުގައެވެ. މި ނުރައްކާތެރި ހާދިސާގައި ދުނިޔެދޫކުރި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވައި މި ހިތާމައިގައި ބައިވެރިވަމެވެ. pic.twitter.com/RBLOcHG5wn
— Qasim Ibrahim (@qasimibrahim) November 10, 2022
މ. ނިރުފެހި ގޭގައި (ސެންޑްރޯސްގެ ހުޅަނގުބައިގައި) ހިންގާ ގަރާޖެއްގައި ރޭ 12:27 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ.